އައްސަލާމްއަލައިކުމް!
unlockingmaldivianlaw.com އަށް މަރުހަބާ!
މި ވެބްސައިޓުގައި ޝާޢިޢުކުރަން ގަސްދުކުރާ މަޢުލޫމާތުތަކަކީ، ޤާނޫނީ ދާއިރާއާގުޅޭ މަޢުލޫމާތުތަކެވެ. މި ވެބްސައިޓުގައި ލިޔަން ފަށާއިރު، އަޅުގަނޑު ގަސްދުކުރަނީ މައިގަނޑު ގޮތެއްގައި 4 ބާވަތެއްގެ ލިޔުންތައް ޝާއިޢު ކުރުމަށެވެ. އެއީ:
1. ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާގުޅޭ މަޢުލޫމާތު
2. ހެއްކާބެހޭ ޤާނޫނާގުޅޭ މަޢުލޫމާތު
3. ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތަކާ މެދު ދިރާސީ ނަޒަރަކުން ބެލުމަށްފަހު ފާހަގަކުރެވޭ މުހިންމު މަޢުލޫމާތު
4. ޓެކްނޮލޮޖީ ޤާނޫނު
މި ވެބްސައިޓުގައި ޝާއިޢުކުރާ ލިޔުންތަކަކީ އަޅުގަނޑު މަސައްކަތްކުރާ ނުވަތަ ގުޅުންހުރި މުއައްސަސާއެއްގެ ވިސްނުމެއް ނުވަތަ ޚިޔާލެއް ނޫނެވެ. މި ސައިޓުގައި ޝާއިޢުކުރާ ލިޔުންތަކަކީ އޭގެ މައްޗަށް ބަރޯސާވެ ޤާނޫނީ ނިންމުންތައް ނިންމުމަށް ދެވޭ ޤާނޫނީ ލަފައެއްވެސް ނޫނެވެ.
އަޅުގަނޑުގެ އުންމީދަކީ މި ވެބްސައިޓަކީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާއާގުޅޭ މަޢުލޫމާތު ލިބޭނެ އިތުރު މަގެއް ކަމުގައި ވެގެންދިޔުމެވެ. ޝުކުރިއްޔާ!